MTCC

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ޖަވާބުދާރީކުރުވޭ މަޖިލީހެއް ލިބިގެންދާނެ: ދިޔާނާ

big_jhzGPe78FGknr6dVMXjSbxZWF

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ޖަވާބުދާރީކުރުވޭ މަޖިލީހެއް ލިބިގެންދާނެ: ދިޔާނާ

SHARE

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީކުރުވާ ރައްޔިތުންގެ މަޖިލީހެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ބަންޑާރަނައިބު، އަލްއުސްތާޒާ ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ މިފަދައިން ވިދާުޅުވީ، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް 'ޕޮލިސީ އެމްވީ’އިން "ސިޔާސަތު ޚާއްސަ"ގެ ނަމުގައި ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުންނެވެ.

ގާނޫނީ އަސާސީއަށް މި ގެންނެވި އިސްލާހުން ކުރަނީ ދެކަމެއް ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެއީ އެއް ދުވަހަކު ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށާއި، ދެވަނަ ކަމަކީ ނިޒާމަށް އަންނަ ބަދަލާއެކު މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރު ކުޑަކުރުން ކަމަށެވެ.

ދިޔާނާ ވިދާޅުވީ މިއީ އައު ވާހަކައެއް ނޫން ކަމަށާއި، މާޒީގައި ރާއްޖޭގެ ސިޔާސީ އިސްވެރިން ވަނީ މިކަމަށް އެއްބަސްވެވަޑައިގެންފައި ކަމަށެވެ. ދިޔާނާ ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިކަމަށް ތާއީދުކުރެއްވިކަން ފާހަގަކުރައްވާފައެވެ.

ދިޔާނާ ވިދާޅުވީ، ގާނޫނީއަސާސީއަށް މިގެނައި އިސްލާހުގެ ސަބަބުން ދުސްތޫރީ މަންފާތަކެއް އެބަހުރިކަމަށާއި، މި ބަދަލުން ސަރުކާރު ޖަވާބުދާރީކުރުމަށް މަޖިލީހެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން ދިޔާނާ ވިދާޅުވީ، މިކަމުގެ ސަބަބުން ގާނޫނުއަސާސީން ގެންނަން ބޭނުންވާ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމު ހަގީގަތުގައި ނުގެނެވޭ ކަމަށެވެ. ހަމަމިއާއެކު، މަޖިލީހުގައި ސާފު އަޣުލަބިއްޔަތު ވެރިކަން ކުރާ ޕާޓީއަށް އޮތުމުގެ ސަބަބުން ފަސް ފަހަރެއްގެ މަތިން ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްފައިވާ ކަމަށާއި، 7 ފަހަރެއްްގެ މަތިން ގާނޫނު އަސާސީ ބަދަލުކޮށް، 18 އަހަރު ވެފައިވީ ނަމަވެސް، އަދި ފެހި ގާނޫނު އަސާސީއަށް ތަސައްރަފު ނުފުދޭ ކަމަށެވެ.

ދިޔާނާ އިތުރަށް ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ ގާތަށް ވެރިން ދިއުން ހުއްޓޭނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ގަބޫލުކުރަން ދަތި ވާހަކަތަކެއް ކަމަށެވެ.