MTCC

ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ގޮތް ނިންމާފައިވަނީ އުސްތާޛު ސުއޫދު :މުހުސިން

IMG_4654

ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ގޮތް ނިންމާފައިވަނީ އުސްތާޛު ސުއޫދު :މުހުސިން

SHARE

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މެދުވެރިކޮށް މައްސަލަތައް ބަލައިގަތުމާއި ނުގަތުމުގައި އެންމެ ގިނައިން ގޮތް ނިންމާފައިވަނީ، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުކަމަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނާ އުސޫލު ބަދަލުކޮށް، މިހާރު އޮތް މަޖިލީހުގެ އުމުރުން 5 ވަރަކަށްް މަސް އުނިކުރުމަށް ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމަށް ފާސްކުރި ބިލު ބާތިލުކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތުމާ ގުޅިގެން ސުއޫދު ވަނީ ކަންބޮނޑުވުން ފާޅުކުރައްވާފައެވެ.

ސުއޫދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރިކަމަކީ އަޑުއެހުމެއް ނުބާއްވައި ނިޔާކަނޑައެެޅުން ކަމަށާއި، ދައުވާކުރާ މީހެއްގެ ވާހަކަ އަޑުއެހުމެއްނެތި ނިޔާ ކަނޑައެޅުމަކީ ގޯހެއް ކަމަށެވެ.

މިކަމާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މުހުތާޒު ވަނީ ރައްދުދެއްވާފައެވެ. އެގޮތުން މުހުތާޒު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން މައްސަލަތައް ނިންމެވީ ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވިއިރު ކަމަށެވެ.

މީގެއިތުރުން، ރަޖިސްޓްރާއަށް އެބާރު ދިނީވެސް އޭރުގެ ސުޕްރީމް ކޯޓުންކަމަށާއި، އަދި އެގޮތަށް ރަޖިސްޓްރާ ނިންމަވާފައިވާ ނިންމެވުންތައް ސައްހަކަށް ކަނޑައެޅުއްވި ފަނޑިޔާރުންގެ ތެރޭގައި ސުއޫދުވެސް އެއިރު ހިމެނިވަޑައިގެންނެވި މުހުތާޒު ވިދާޅުވިއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނާ އުސޫލު ބަދަލުކޮށް، މިހާރު އޮތް މަޖިލީހުގެ އުމުރުން 5 ވަރަކަށްް މަސް އުނިކުރުމަށް ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމަށް ފާސްކުރި ބިލު ބާތިލުކުރުމަށް ސުޕްރީމު ކޯޓަށް ހުށަހެޅި މައްސަލަ  ބަލައިނުގަތީ، ގާނޫނުއަސާސީގެ ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފު ސުވާލެއް އޮތް ކަމަށް ނުފެންނާތީއެވެ.