ސަރުކާރުން ތައާރަފްކުރާ "މާލެ ޓެކްސީ" ލައިން ގެ ހާއްސަ ހޮޓްލައިން ނަންބަރު ލޯންޗުކޮށްފިއެވެ.
ސަރުކާރުގެ ޓެކްސީލައިން ހިންގުމަށް ހަވާކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.
އެމްޓީސީސީ އިން ވަނީ މާލެ ޓެކްސީ" ލައިން ގެ ހާއްސަ ހޮޓްލައިން ނަންބަރަށް 1655 ކަނޑައަޅާފައެވެ. މިއީ ޓެކްސީ ލައިނާ ގުޅޭ މައުލޫމާތުތައް ދިނުމަށް ހާއްސަކޮށްފައިވާ ހޮޓްލައިން އެކެވެ.
ސަރުކާރުގެ ޓެެކްސީ ޚިދުމަތް ދިނުމަށްވެސް ހަމަޖެހިފައިވަނީ އެޕް މެދުވެރިކޮށެވެ. އެގޮތުން، އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
ސަރުކާރުގެ ޓެކްސީލައިނުން ޚިދުމަތްދޭނީ އިލެކްޓްރޯނިކް ވެހިކަލް ބޭނުންކޮށްގެންނެވެ.