ފިޓްސް އެއާ އެއާލައިންއަށް އާ ޓާމިނަލްއިން ހިދުމަތް ދޭން ފަށައިފި

-

ފިޓްސް އެއާ އެއާލައިންއަށް އާ ޓާމިނަލްއިން ހިދުމަތް ދޭން ފަށައިފި

SHARE

ފިޓްސް އެއާ އެއަރލައިންއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް 1 އިން މިއަދު ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި ފުރަތަމަ ލަންކާގެ އެއާލައިންއެވެ. އަދި މި ޓާމިނަލްއިން ހިދުމަތްދޭން ފަށާފައިވާ ހަތަރުވަނަ އެއަރލައިން ކަމަށް ވެއެވެ. ފިޓްސް އެއާ އަކީ ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް
އެއާލައިނަކަމަށް ވާތީ، އެ އެއާލައިނުން ރާއްޖެއާއި ކޮލަމްބޯއާއި ދެމެދު ދަތުރުތައް ފުރަތަމަ ފެށީ 2022 ގައިކަން ފާހަނގަކޮށްލަންޖެހެއެވެ. ފިޓްސް އެއާ އެއަރލައިންއަށް ހިދުމަތްދޭން ފެށުމާއި ގުޅިގެން ހާއްސަ ރަސްމިއްޔާތެއް ޓާމިނަލްގައި ބާއްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ފިޓްސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ވަޑައިގެންނެވި 71 ފަސިންޖަރަކަށް ހަދިޔާ ދެވުނެވެ. އަދި ޓާމިނަލް އެކަކަށް ކައިރި ކުރި ފިޓްސް އެއާގެ ފުރަތަމަ ފްލައިޓަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި،
އެ ފްލައިޓުން ރާއްޖެ އައި 154 ފަސިންޖަރަކަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.
މިހާރު ޓާމިނަލް އެކަކުން ހިދުމަތްދޭ އެއާލައިންތަކަށް އަލިއަޅުވާލާނަމަ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ލޯ-ކޯސްޓް އެއާލައިން އެއާ އަރަބިއާ، ލަގްޒަރީ އެއާލައިން ބިއޮންޑް އަދި ފިޓްސް އެއާ އަށް ހިދުމަތް ދޭނެއެވެ.
ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ އަމާޒުކަމަށް ބުނެފައިވެއެވެ.