ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ގޯތިގެދޮރު ޕްރޮގްރާމްގެ ދަށުން، ބިންވެރިޔާގެ ހާއްސަ ސްކީމްގެ އުސޫލުގެ ދަށުން، ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލާ ތާރީޚު ލަސްކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަންސް އިން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނީ، ބިންވެރިޔާ ޚާއްޞަ ސްކީމަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚް 01 އެޕްރީލް 2026 ވަނަ ދުވަހުގެ 11:00 އަށް ލަސްކުރެވިފައިވާ ކަމަށެވެ.
ކެޓަގަރީ 1: ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް
ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް.
މިނިސްޓްރީއިން ބުނީ، ސައްހަ ނޫން އެޕްލިކޭޝަނެއް ހުށަހަޅައިފިނަމަ، އިތުރު ފުރުސަތަކާ ނުލައި، އެޕްލިކޭޝަން ބާތިލުކުރެވޭނެ ކަމަށެވެ. މީގެއިތުރުން ގޯތީގެ އެލޮކޭޝަން ހެދުމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދަށާއި، ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ އަދަދަށް ރިއާއަތްކޮށް ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިނިސްޓްރީ އިން ވަނީ މި ސްކީމަށް ގޯރި ހުށަހަޅާއިރު، ހުށަހަޅަންޖެހޭ ލިއުންތަކުގެ ތަފްސީލު "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލަށް 1 ވަނަ އިޞްލާޙު ގެނަމުގެ އުސޫލު" ގައި ހިމަނާފައެވެ. ގެޒެޓްކޮށްފައިވާ އިއުލާނާއެކު، އުސޫލުވެސް ވަނީ އެއް ކަރުދާސްކޮށްފައެވެ.