MTCC

ޒުވާނުންނަށް މަޖިލީހުން ވަކި އިންސައްތަ އެއް ކަނޑައެޅުމަށް ދިރާސާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ / މަޖިލިސް

ޒުވާނުންނަށް މަޖިލީހުން ވަކި އިންސައްތަ އެއް ކަނޑައެޅުމަށް ދިރާސާ ކުރަނީ

SHARE

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނަށާއި، 30 އަހަރުން ދަށުގެ ޒުވާނުންނަށް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ،މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް އިސްލާހު ގެނައުމުގެ މަސަައްކަތް ކުރަމުން އަންނަ އިރު، އޭގެ އިތުރަށް  ދިރާސާ ކުރާ ދެ ކަމެއް އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއް ކަމަކީ މަޖިލީހުގެ ވަކި އިންސައްތައެއް، 30 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.ރައީސް ވިދާޅުވީ މަޖިލީހުގެ ވަކި އިންސައްތަ އެއް ޒުވާނުންނަށް މަޖުބޫރުކޮށްފައި މިހާރު ނޯންނާނެ ކަމަށާއި، ކަޖިލިސް މެންބަރުންގެ ތެރެއިން ދިރާސާ ކޮށްފައި ނިންމާ އަދަދެއް، ޒުވާނުން އަދި އަންހެނުންގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ގަސްތުކުރާ ކަމަށެވެ.

"އެހެންވީމާ، މަޖިލިސް މެންބަރުންގެ އަދަދާއި، މަޖިލިސް މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމާއި، މަޖިލިސް މެންބަރުންގެ ވަކި އަދަދެއް 30 އަހަރުން ދަށުގެ ޒުވާނުންގެ ގޮތުގައި ކަނޑައެޅުމާއި، ވަކި އަދަދެއް އެއީ އަންހެނުންގެ ގޮތުގައި ކަނޑައެޅުމުގެ އިސްލާހަކީ ޕެކޭޖެއްގެ ތެރޭގައި ހުށަހެޅުމަށް ގަސްތުކުރާ ކަންކަން."

ރައީސް އިތުރަށް ވިދާޅުވީ ޖުޑީޝަރީ ރީފޯރމް ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި، އެކަމަށް ގެންނަން ޖެހޭ އިސްލާހުތައްް ވެސް ގެންނާނެ ކަމަށެވެ.