MTCC

ހުޅުމާލޭ ފޭސް ތިންވަނަ ފިޔަވަހީގައި 1000 އަށް ވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ހިޔާ ފްލެޓު (ފޮޓޯ/ އެޓޯލް ޓައިމްސް)

ހުޅުމާލޭ ފޭސް ތިންވަނަ ފިޔަވަހީގައި 1000 އަށް ވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

SHARE

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް ގެ ސަބްސިޑަރީއެއް ކަމުގައިވާ ބީއެމްއެލް އެފޯޑަބަލް، ލީސިންގް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް ތިނެއްގައި އިމާރާތްކުރާ 1224 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިނިސްޓްރީ އޮފް  ކޮންސްޓަރކްޝަން އިން ފަށައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ މުނާސަބަތުގައި ވަނީ ހުޅުމާލޭގައި ރަސްމިއްޔާތެއް ބާއްވާފައެވެ.މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ ގެ އިތުރުން މިނިސްޓަރ އޮފް ކޮންސްޓަރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްްރަކްޗަރ، ޑރ އަބްދުﷲ މުއްޠަލިބު ވެސް ބައިވެރިވެޑައިގެންނެވިއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ، ޗައިނާ މެޝިނަރީ އިންޖިއަރިންގް ކޯޕަރޭޝަން (ސީއެމްސީ) އާއެވެ.

ބީއެމްއެލް އެފޯރޑަބަލް ލީސިންގް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ހުޅުމާލެ އާއި ވިލިމާލޭގައި ޖުމުލަ 3260 ހައުސިން ޔުނިޓްގެ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރުންގެ ގޮތުަގައި ހަމަޖައްސާފައިވާ ފަރާތްތައް:

ޗައިނާ މެޝިނަރީ އިންޖިއަރިންގް ކޯޕަރޭޝަން (ސީއެމްސީ)
ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)
އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
އެފް ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓަކްޝަން ޕްރައިވެޓް ލިމިޓެޑް

މިނިސްޓްރީ އިފް ކޮންސްޓަރކްޝަން އިން ބުނީ، މުޅި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ގެ އޯގަސްޓް މަހުގެ ނިޔަލަށް ކަމަށެވެ.