MTCC

ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ޑައިރެކްޓް ދަތުރުތައްް ފަށަނީ

20260319-142934-208642

ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ޑައިރެކްޓް ދަތުރުތައްް ފަށަނީ

SHARE

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ސީދާ ދަތުރުފަތުރުގެ ހިދުމަތް ގާއިމުކުރުމަށްޓަކައި ދެ ގައުމުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި،ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އެއާލައިންތަކުން ސީދާ ދަތުރުތައް ހިންގުމަށް މިހާރު ހުރަހެއް ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިހާރު ދަތުރުކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމާއި ވިޔަފާރީގެ އައު ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑު ޗެއާމަން އަބްދުލް ހާރިސް އެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް އޭވިއޭޝަންގެ އެސިސްޓަންޓް ސެކްރެޓަރީ ޖިމް ވޯލްފް އެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށް ސިވިލް އޭވިއޭޝަން އަތޯރިޓީ އިން ވެސް ވަނީ ބުނެފައެވެ.