"އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު" އަށް ގެނައި އިސްލާހާއެކު އިލެކްޓްރިކް އުޅަނދުތަކުގައި، ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރުމަށް 60 ދުވަހުގެ މުއްދަތެއް ދީފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން، ގެނައި އައު އިސްލާހާއެކު، އިލެކްޓްރިކް އުޅަނދުތަކުގައި ދެން ބޭނުންކުރަން ޖެހޭނީ ފެހި ކުލައިގެ ނަންބަރު ބޯޑެކެވެ.މީގެ ކުރިން މިފަދަ ވެހިކަލުތަކުގެ ވެސް ހުންނަނީ ކަޅު ކުލައިގެ ނަންބަރު ބޯޑެވެ.އައު އިސްލާހާއެކު، ލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރާ ނަންބަރު ބޯޑުގައި ފެހިކުލައިގެ ބޯޑެއް ހުންނަންޖެހޭއިރު،ރީނދޫކުލައިގެ އަކުރުން ލިޔެފައި ހުންނަން ޖެހެއެވެ. އަދި އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އެފަދަ އުޅަނދުތަކުގައި، ފެހި ކުލައިގެ ބޯޑުގައި ހުދުކުލައިން ލިޔުމަށް އެ އިސްލާހުގައި ބުނެއެވެ.
މިހާރު ބޭނުންކުރަމުންދާ އިލެކްޓްރީކް އުޅަނދުތަކުގެ ނަންބަރު ބޯޑު ބަދަލުކުރުމަށް ވަނީ ދެ މަސް ދުވަހުގެ މުއްދަތެެއް ދީފައެވެ.
"އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު" އަށް ގެނައި ބަދަލުގެ ދަށުން ދެން ގެނައި އިސްލާހަކީ،ޑިޕްލޮމެޓިކް އިމިއުނިޓީގެ ތެރެއިން އިމްޕޯޓް ޑިއުޓީ ނުދައްކާ، ރާއްޖެ އެތެރެކޮށްފައިވާ އުޅަނދެއް، ޑިޕްލޮމޭޓަކަށް ނޫން އެހެން ފަރާތަކަށް ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމުންނެވެ.
މީގެއިތުރުންވެސް، ބައެއް އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ލުއިފަސޭހަ ވާނެ ގޮތްތަކެއް އެ އިސްލާހުގައި ވެއެވެ.