MTCC

މަސްވެރިންނަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފި

Fish Harbor
Fish Harbor

މަސްވެރިންނަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފި

SHARE

އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިންވެސް ކަނޑައެޅިފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސައިދޭން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ، ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދެވިފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ދެމިއޮންނާނެ ކަމަށެވެ. އެސްޓީއޯއިން ބުނީ،މި ނިންމުންތަކަކީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނޭހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅުނު ފިޔަވަޅުތަކެއް ކަމަށެވެ.

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖޭގައިވެސް ތެލުގެ އަގުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.މި ނިންމުމާއެކު، މި މަހުގެ 5 ވަނަ ދުވަހު މިފްކޯއިން އިއުލާންކުރި އަގުތަކަށް އެއްވެސް ބަދަލެއް ނެތި ކުރިއަށްދާނެކަމެވެ.