ލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ،މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ، ޕަރަމަނަންޓް ސެކެޓްރީ މުހައްމަދު ޝާމިލްއެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގް ޑިރެކްޓަރ މުހައްމަދު އަބްދުލް ހާދީއެވެ. މި މަޝްރޫއު އެކުންފުންޏާ ހަވާލުކުރީ 600 ދުވަސް ތެރޭގައި ނިންމުމަށް، (126،359،594.94 ) ރުފިޔާއަށެވެ.
މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:
މި މަޝްރޫއުގެ ދަށުން، 6 ފަންގިފިލާގައި މާކެޓް ކޮމްޕްލެކްސްއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
– ބޭސްމަންޓް – ޕާރކިންގ
– ގްރައުންޑް ފްލޯ – ފިޝް މާރކެޓް
– 1 ވަނ،ަ 2 ވަނަ އަދި 3 ވަނަ ފްލޯ – ވެޖިޓަބަލް މާރކެޓް
– 4 ވަނަ ފްލޯ – ފުޑް ކޯޓް