ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން ދެ ނަމެއް ހުށަހަޅައިފިއެވެ،
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދަރުންގެ ފަރާތުން އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރާ މެންބަރު ހޮވުމަށް ނަން ހުށަހެޅުމަށް ނޯޓިސް ދީފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު 29 ގައެވެ. އަދި މި ފުރުސަތު ހަމަވެފައިވަނީ މިދިޔަ މަހު 25 ގައެވެ.
އެސްޓީއޯ އިން ބުނީ، 2026 އިން 2027 ބަނަ އަހަރަށް އާންމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.
މި މަގާމަށް ކުރިމަތިލާފައިވަނީ:
ކެނޑިޑޭޓް ނަންބަރު 1- މުޙައްމަދު އަޙްސަން ސަލީމް (މއ. ޓިޔުލިޕްވިލާ/ ކ.މާލެ)
ކެނޑިޑޭޓް ނަންބަރު-2- އަބްދުﷲ ޔާސިރު( ފިނިމަންޒިލް/ ސ.ފޭދޫ)
އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން 1 ޑިރެކްޓަރު އަދި ސަރުކާރުގެ ފަރާތުން 6 ޑިރެކްޓަރުން ހޮވުމަށް އެ ކުންފުނީގެ ގަވާއިދުގައި ބުނެއެވެ.