MTCC

މާފުށި ބަނދަރުގެ މަސައްކަތް: މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް!

e590dc44-79dd-4761-97a1-e7679095bb36

މާފުށި ބަނދަރުގެ މަސައްކަތް: މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް!

SHARE

ކ. މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި ބްރޭކްވޯޓާގައި ވެލި އަޅަންޖެހޭ ތަންތަނަށް ވެލި އަޅަންޖެހޭ ތަންތަނަށް ވެލި އެޅުމުގެ މަސައްކަރް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ،

އެމްޓީސީސީ އިން ބުނީ، މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެެވެ.

މަޝްރޫއުގެ ދަށުން ކުރެވިފައިވާ މަސައްކަތްތައް:
އަައްސޭރިފަށް ރައްކާތެރި ކުރުމަށް 448 މީޓަރަށް ހިލަ ޖެހުން
އައްސޭރިފަށް ރައްކާތެރިކުުރުމަށް، 700 މީތަރަށް ބަސްތާ ޖެހުން
655 މީޓަރުގެ ކުއޭ ވޯލް ހަރުކުރުން
ބިން ހިއްކުން- 96961 ކިއުބިކް ސެންޓިމީޓަރ
ހާބަރ ޕޭވިންގް- 1765 ސްްްކޮއެރ މީޓަރ

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ،82.5 މިލިއަން ރުފިޔާއަށް 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން 28،836 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި 63،711 ކިއުބިކް މީޓަރަށް އާ ބަނދަރު ފުންކުރާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.