MTCC

މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަަންނަން ފަށައިފި

IMG_3453

މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަަންނަން ފަށައިފި

SHARE

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސައި، ޒަކާތް ބަލައިގަންނާނެ ގަޑިތައް މޯލްޑިވްސް ޒަކާތު ހައުސް އިން އާންމުކޮށްފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން މައުލޫމާތު ދޭ ގޮތުގައި، މާލޭގައި ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައެވެ.

ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

  • މާރިޗު 14 އިން 15 އަށް: ހެނދުނު 10:00 އިން މެންދުރު 12:00 އަށް.
  • މާރިޗު 16 އިން 18 އަށް: ހެނދުނު 10:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 13:00 އިން 15:00 އަށް.

މީގެ އިތުރުން، މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސް އިން ވަނީ ހާމަކޮށްފައެވެ.