ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕެއިނު ހަރަކާތްތަކުގެ ތެރެއިން މާލޭގައި ސައިކަލު ބުރެއް ބާއްވައިފިއެވެ.
މި ހަރަކާތުގައި ވަނީ ޒުވާނުން ހިމެނޭހެން ގިނަ އަދަދެއްގެ ޕީއެންސީއަށް ތާއިދުކުރާ ފަރާތްތަކުން ބައިވެރިވެފައެވެ. މި ސައިކަލު ބުރުގައި، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މަޖިލިސް ރައީސް އަބްދުއްރަހީމް އިތުރުން، ދާއިރާތުގެ ކެނޑިޑޭޓުންނާއި ޕާޓީގެ އިސް މެންބަރުން ވެސް ބައިވެރިވެޑައިގެންނެވިއެވެ. ސައިކަު ބުރު ހެންވެއިރު ހުންނަ ޕީއެންސީ މައި އޮފީހުގެ ކުރިމައްޗަށް ނިންމާލުމާއެކު، ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވަޑައިގެން ރައްޔިތުންނާ މުޚާތަބު ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ޕީއެންސީ ކެނޑިޑޭޓުން ހޮވައި ދެއްވުމަށެވެ.