MTCC

ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

HDOr1aMakAAi2jP

ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

SHARE

ތ.ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން ވޭމަންޑޫގައި 27 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި މަޝްރޫއު ކުރިއަށްގެންދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްގެންނެވެ.

މީގެއިތުރުން، އެމްއޭސީއެލް އިން މައުލޫމާތު ދިން ގޮތުގައި، ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 11,300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ "ފިލިޕޯ ބްރޫނެލެސްކީ" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުންކޮށްގެން ނެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ، އެކްސް ގައި ވޭމަންޑޫގައި ބިން ހިއްކުމުގެ މަޝްރޫއު ފަށާފައިވާކަން އިއުލާނުކުރައްވާ ޕޯސްޓެއް ކުރައްވާފައެވެ. ވޭމަންޑޫގައި ބިން ހިއްކައި، ރަށުން ގޯތި ދޫކުރުމަކީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.