MTCC

ދިގުރަށުގައި ހުރި އެކޮމަޑޭޝަން ބްލޮކެއް ރޯވެ 5 މީހުން މަރުވެއްޖެ

images

ދިގުރަށުގައި ހުރި އެކޮމަޑޭޝަން ބްލޮކެއް ރޯވެ 5 މީހުން މަރުވެއްޖެ

SHARE

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 5 މީހަކު މަރުވެއްޖެއެވެ.

ރޭ 20:00 ހާއިރު ރިޕޯޓުކުރި މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވުމުގެ ސަބަބުންކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.

މި ހާދިސާގައި ޖުމްލަ 8 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެތެރެއިން ފިހުނު ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާފައިވެ އެވެ. މިހާރު އެ ސަރަހައްދު ގައި ފުލުހުންގެ ޚާއްސަ ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.