MTCC

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ހަމަޖެހުން ގާއިމުވެގެންދާނެ: މިނިސްޓަރު ސައީދު

DSC_3869

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ހަމަޖެހުން ގާއިމުވެގެންދާނެ: މިނިސްޓަރު ސައީދު

SHARE

ދެ އިންތިހާބު އެއްކޮށްލުމުން ލިބޭނޭ އެންމެ ބޮޑު ފައިދާއަކީ ރާއްޖޭގައި ހަމަޖެހުން ގާއިމުވެގެން ދިއުން ކަމަށާއި، މިއީ މީގެ ކުރިން ހުރިހާ ޕާޓީއަކުން ވެސް އިއްތިފާގުވެފައި އޮތް ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމުެގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ،  ދެ އިންތިހާބު އެއް ދުވަހެއްގައ ބޭއްވުމުން ހަމަޖެހުން ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށާއި، ބޭރުގެ އިންވެސްޓަރުންނާއި ރާއްޖޭގެ ވިޔަފާރިވެރިންވެސް ބޭނުންވަނީ ރާއްޖެއަށް ހަމަޖެހުގެ ނޭވާއެއް ލުމަށް ފުރުސަތު ލިބިގެން ދިއުން ކަމަށެވެ.

"މިކަން ކުރުމުގައި ވަކި ޕާޓީ އެއް ނޫން. އިއްތިފާގުވާ އެއް ކަމެއް އޮވޭ. އިންތިހާބުތައް މަދުކުރުން. އެ އޮންނަ ދުވަހަކު އިންތިހާބުތައް ބޭއްވުން. ރައްޔިތުންނަށް ވެސް މަސައްކަތް ކުރާނެ ވަގުތާއި ފުރުސަތާއި ހާލާތު އިތުރުކުރުން، ވިޔަފާރިވެރިންނަށ ރާއްޖެއަށް އިންވެސްޓްކުރާނެ ހާލަތާއި ފުރުސަތާއި ޔަގީންކަނ ކަށަވަރުވެގެން ދިއުން."

ސައީދު އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުތަކުގައި ބޯހިޔާވާހިކަން ހޯދައިދިނުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައިވާ ނެތް ކަމަށެެވެ.

މީގެއިތުރުން، މީގެ ކުރިން ރާއްޖޭގެ ކަންކޮޅުތަކުގައި އޮތީ މާޔޫސްކަމަށާއި، ސިއްހީ ދާއިރާއަކީ ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާ ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން މިހާރު ސިއްހީ ދާއިރާއާ ދޭތެރޭގައި ހިތްހަމަޖެހޭ ކަމަށާއި، ދާއިރާއަށް ކުރިއެރުން އަންނަ ކަމަށް ރައްޔިތުން ގަބޫލު ކުރައްވާ ކަމަށަ ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ، އެއްވެސް ކެނޑިޑޭޓަކު ރޭހުން ބާކީ އެއް ނުވާނެ ކަމަށާއި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ފަދައިން ކައުންސިލްގެ ސުޕަރ މެޖޯރިޓީ ވެސް ލިބޭނެ ކަމަށެވެ.