ބ. ހިތާދޫ ބިން ހިއްކުން އެމްޓީސީސީއާއި ހަވާލުކޮށްފި

-

ބ. ހިތާދޫ ބިން ހިއްކުން އެމްޓީސީސީއާއި ހަވާލުކޮށްފި

SHARE

ސަރުކާރުން ބ. ހިތާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

1420 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ ބ. ހިތާދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް އާންމުކޮށް ކޮށް އުޅޭ މަސައްކަތްތަކަކީ މަސްވެރިކަމާއި ފަތުރުވެރިކަމެވެ. ސޮއެކުރެވޭ މަޝްރޫޢުގެ މަސައްކަތް ނިމުމުން އިޤްތިސާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ރަށަށް ކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

އެގޮތުން، ބިން ހިއްކާ ނިމުމުން ރަށުގެ ރައްޔިތުންނަށް ގޯތި ލިބި ސިނާޢީ މަސައްކަތް ކުރާނެ ޖާގަ ތަނަވަސް ވެގެން ދާނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކޮށް ނިމުމާއެކ،ު ރަށަށް ކުރިއްސުރެ ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުވ،ެ ހިމާޔަތްވެފައިވާ ގޮނޑުދޮށެއް ލިބިގެންދާނެއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްތަލިބެވެ.

މި މަޝްރޫޢުގެ ދަށުން، 15 ހެކްޓަރުގެ ބިން ހިއްކުމާއި،
691 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި، 300 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 137.04 މިލިއަން ރުފިޔާއަށް 390 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.