MTCC

ޕީއެންސީގެ ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވައިފި

large_thumb_1773338312130

ޕީއެންސީގެ ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވައިފި

SHARE

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީގެ ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު އެވެ. މި ރަސްމިއްޔާތުގައި މެޑަމް ގެ އިތުރުން، ޕާޓީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއަންނަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ކެމްޕެއިނުގެ ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ،ޕީއެންސީއިން ދަނީ މާލޭގެ އެކި އަވަށްތަކުގައާއި، ހުޅުމާލޭގައި ވެސް ކެމްޕެއިނު ޖަގަހަ ހުޅުވާފައެވެ.

މިއަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުގައި ލޯކަލް ކައުންސިލް އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ، ނުފެންނަ ކަމުގެ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.