MTCC

ހަރަދުުޑަކުރަން ހަމައެކަނި ސިޓީތަކުގައި އީދުލައިޓު ދިއްލުމަށް ނިންމައިފި

https___asset.kgnewsroom.com_photo_pre_2024_04_09_b4e463ae-9bc6-4a21-a2dc-6c671174180c_jpg

ހަރަދުުޑަކުރަން ހަމައެކަނި ސިޓީތަކުގައި އީދުލައިޓު ދިއްލުމަށް ނިންމައިފި

SHARE

މެދުއިރުމަތީގައި އިރާނާއި ދެކޮޅަށް އިސްރާއީލުން އަދި އެމެރިކާއިން ދެމުންދާ ހަމަލާތަކާއި ގުޅިގެން ރާއްޖެއިން ހަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުން މިއަހަރުގެ ފިތުރު އީދުގައި އީދު ލައިޓުތައް ހަމައެކަނި ސިޓީތަކުގައި ދިއްލުމަށް ނިންމައިފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އެކުލަވާލި ވަޒީރުންގެ ހާއްސަ ކޮމެޓިގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، އީދަށް ބޮކިފަތި ދިއްލުމާ ބެހޭ ގޮތުން ކޮމެޓީގައި މަޝްވަރާކޮށްފައިވާ ކަމަށާއި، އީދަށް، ރަށްރަށުގައި އީދު ބޮކިތައް ނުދިއްލައި ހަމައެކަނި މާލޭ އާއި އެހެނިހެން ސިޓީތަކުގައި އީދަށް ލައިޓުތައް ދިއްލުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސިޓީތަކުގައި ވެސް ހުރިހާ ސަރަހައްދެއްގައި އީދު ލައިޓުތައް ނުދިއްލާ ގޮތަށް ކަނޑައަޅާފައިވާ ކަަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން އިއުލާނުކޮށްފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި މުއައްސަސާތައް ގުޅިގެންފިތުރު އީދު ތިން ދުވަހަށް ބަހާލައިގެން ފާހަގަކުރާގޮތަށް ވަނީ ނިންމާފައެވެ.