MTCC

ވަތަނީ ޚިދުމަތް ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

Screenshot 2026-01-16 154544

ވަތަނީ ޚިދުމަތް ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

SHARE

”މޯލްޑިވްސް ނޭޝަނަލް ސާވިސް“ (ވަތަނީ ޚިދުމަތް) ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދީފާއީ ވުޒާރާ އިން މައުލޫމާތު ދިން ގޮތުގައި، ޕްރޮގްރާމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ، ފުރިހަމަ ސިއްހަތެއްގައި ހުރި ދިވެހި ޒުވާނުންނަށެވެ. އަދި 18 އަަހަރު ނުފުރޭ ކުދިން ބައިވެރިވުމަށް ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށް ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ. މި ޕްރޮގްރާމްގެ ތަމްރީނުތައް ކުރިއށްގެންދިއުމަށް  ޅ. މާފިލާފުށީގަައި ބޭއްވުމަށް ޖަމަޖެހިފައިވާއިރު، ޕްރޮގްރާމް ފެށުމަށް ތާވަލުކޮށްފައިވަނީ މިއަންނަ މެއި މަހުގެ ފަހު ހަފުތާގައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް، ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު،applyfor.mns@defence.gov.mv  އަށް މެއިލް ކުރުމަށް ދިފާއީ ވުޒާރާއިން ވަނީ އިރުޝާދު ދީފައެވެ. ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ދިފާއީ ވުޒާރާއަށް  ގޮސްގެން ވެސް ފޯމު ހުށަހެޅޭނެއެވެ.

ހަމަމިއާއެކު، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ފަރާތަކަށްވެސް، ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ތަމްރީނު ފުރިހަމަކުރުމުން ކަނަޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.