MTCC

ބަންދުކުރި ބިދޭސީ މީހާއަށް އަނިޔާކުރި ކަމުގެ ޝަކުވާއެއް ކޮށްފައެއް ނުވޭ: ފުލުހުން

ފުލުހެއް މަގުމަތީގައި (ފޮޓޯ/ ފުލުހުންގެ ޚިދުމަތް)

ބަންދުކުރި ބިދޭސީ މީހާއަށް އަނިޔާކުރި ކަމުގެ ޝަކުވާއެއް ކޮށްފައެއް ނުވޭ: ފުލުހުން

SHARE

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ ވާހަކަ ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ފުލުހުން ބުނީ، މި ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައިނުވާ ކަމަށެވެ.

އަދި، އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމަށާއި،، ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.