MTCC

އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭނެ

Rasmale Photo HDC-1759640026970

އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭނެ

SHARE

"ގޯތިގެދޮރު" ޕުރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބާންޑާރަ ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ، ނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް ހިންގާ "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ގެޒެޓްކޮށްފައެވެ. މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނީ، 8 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 30 އެޕްރީލު 2026 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން، 1250 (ބާރަސަތޭކަ ފަންސާސް) އަކަފޫޓުގެ ގޯއްޗެވެ. މި އުސޫލުގައި ހިމެނެނީ، ދެ ކެޓަގަރީއެކެވެ. އެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނެވެ.

މިނިސްޓްރީން ބުނީ، މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ، https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް، ގޯތިގެދޮރު ޕްރޮގްރާމްގެ ހުރިހާ މައުލޫމާތެއް ލިބޭނެއެވެ.

ދިރިއުޅުމަށް ބިން ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓަރ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިން 1250 އަކަފޫޓުގެ ޖުމުލަ 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު،ފުލެޓު ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓަރ މާލޭ ސަރަޙައްދުން 7900 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވެއެވެ.