MTCC

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައީސް ކުރައްވާ ގައުމީ ޖިހާދެއް: ފަލާހު

HC1geQubYAAjGM_

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައީސް ކުރައްވާ ގައުމީ ޖިހާދެއް: ފަލާހު

SHARE

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވާ ގައުމީ ޖިހާދެއް ކަމަށް ޕީއެންސީގެ ކެމްޕެއިން ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އިން ބޭއްވި،ގްރޭޓާ އައްޑޫ' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަަށް ނަގާ ފެންނަ ނުފެންނަ ކަމުގެ ވޯޓަކީ،ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ރައީސް މުއިއްޒު އަށްޓަކައި ވެވަޑައިގަންނަވާ ގުރުބާނީ އެއް ކަމަށެވެ. އޭގެއިން، އެ ބޭފުޅުން ވާ ގުރުބާނީއަކީ ރައީސް މުއިއްޒު ކުރައްވާ ގައުމީ ޖިހާދުގައި ބައިވެރިވުން ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ސިޔާސީ ހުރިހާ އެންމެންވެސް އިއްތިފާގުވެފައިވާ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން ހަމައެކަނި ވާނެ ފައިދާ އަކީ ދައުލަތުގެ ބަޖެޓަށް ލުއިވުން ނޫން ކަމަށާއި، އެއަށް ވުރެ ގިނަ މަންފާތައް ލިބޭނެ ކަމަށް ފަލާހު ވިދާޅުވި އެެވެ.

"ގައުމަށް އަންނަ ރައްކާތެރިކަމާއި ހަމަޖެހުމާއި އަމާންކަމާއެކު، ހަމަޖެހިލައިގެން ނޭވާލައިގެން ދިރިއުޅުމުގެ ފުރުސަތު ވަަރަށް ބޮޑަށް ފަހިވެގެންދާނެ ކަމެއް."

ފަލާހު ވަނީ،، ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތައް އަޑުއަހަައިގެން، މި ގައުމުގައި އަމާންކަމާއެކު  ދަތުރުކުރަން ލިބޭ ފުރުސަތު ގެއްލުވާނުލުމަށް އިލްތިމާސްކޮށްފަ އެވެ.