MTCC

ޝީޝާ ބުއިން ބޭންކޮށް، ހަކުރުގެ ސަބްސިޑީ ކަނޑާލާކަށް ނޫޅެން: ރައީސް

HC1gdV4a4AAnvxx

ޝީޝާ ބުއިން ބޭންކޮށް، ހަކުރުގެ ސަބްސިޑީ ކަނޑާލާކަށް ނޫޅެން: ރައީސް

SHARE

ސަރުކާރުން ޝީޝާ ބުއިން ބޭން ކުރާކަށް އަދި ހަކުރުގެ ސަބްސިޑީ ކަނޑާލާކަށް ނޫޅޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ،

'ދަ ގްރޭޓަރ އައްޑޫ ޥިޝަން' ގެ ތަސްފީލު ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިފަހުން ހެލްތު މިނިސްޓަރު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށް އަލި އަޅުއްވާލާފައެވެ. ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ، އެފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިކޮށް، ބާރު އަޅައި، އެކަންތައްތަކުން ދުރުހެލިވުމަށް ހިތްވަރުދިނުން ކަމަށެވެ.

"އަޅުގަނޑުމެން ނޫޅެން ޝީޝާ ބުއިން ބޭން ކުރާކަށް، ހަކުރުގެ ސަބްސިޑީ ކަނޑާލާކަށް. މިކަހަލަ ކަންކަމެއް ކުރާކަށް ނޫޅެން."

ރައީސް ވިދާޅުވީ، އެފަދަ ސިއްހަތަށް ނުރައްކާތެރ ިކަންކަމުން ދިވެހި ރައްޔިތުން ނިޒާމީ ގޮތެއްގައި ދުރުކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ކަންކަމުން ދުރުވުމަށް ސަރުކާރުން ހިތްވަރުދޭނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ހެލްތު މިނިސްޓްރީއިން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތި މިނިސްޓަރު ވަނީ ޝީޝާ ބުއިން މަނާކޮށް، ހަކުރުން ނަގާ ޓެކްސްގެ ސަބްސިޑީ ކަނޑާލުމަށް އެ މިނިސްޓްރީއިން މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.