MTCC

ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުވެގެންދާނެ: ރައީސް

HC1geQnbcAArUCZ

ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުވެގެންދާނެ: ރައީސް

SHARE

ކުރިއަށް އޮތް 20 އަހަރު ދުވަހަށް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެވިގެންދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒި ވިދާޅުވެއްޖެއެވެ،

ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ ސިޓީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކަރަންޓު މައްސަލަކަން ފާހަގަކުރައްވާ ވިދާޅުވީ، މިއީ އެތައް އަހަރެއް ފާއިތުވެގެން ގޮސްފައިވާއިރުވެސް ހައްލުނުވެ، އޮތް މައްސަލައެއް ކަމަށެވެ.

" މިއަދުގެ ހަވީރުގެ ވަގުތެއްގައި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށްޓަކައި، އެކަމަށް ބޭނުންވާ އެއްބަސްވުމެއްގައި ސޮއިކޮށްފި. 26 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމު މިއެއްބަސްވުމުގެ ދަށުން ގާއިމުވެގެން ދާނެ. މިއަންނަ އަހަރުގެ ޖުލައި މަސް އަންނަ އިރުގައި، މުޅި މި މަޝްރޫއު ނިމި، ކުރިއަށް އޮތް 20 އަހަރު ދުވަހަށް އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުވެގެންދާނެ. މިކަމުގެ ސަބަބުން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަދަ އެތައް މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށާއި، މިކަންކަމަށް އެއްބާރުލުން ދެއްވުމަށްޓަކައި  ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. ރައީސް ވިދާޅުވީ، ޕީއެންސީ އާ ދެކޮޅު ޕާޓީއެއްގެ މެޖޯރިޓީ އައްޑޫ ކައުންސިލުން ނަގައިފިނަަމަ، މަޝްރޫއުތައް އެތައް މަހެއް ފަހަތަށް ޖައްސާލުމުގެ ބާރު ކައުންސިލަށް އޮންނާނެ ކަމަށެވެ.

އެފަދަ އެއްވެސް ފުރުސަތެއް އިދިކޮޅަށް ނުދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. ރައީސް ވިދާޅުވީ މިހާރުވެސް އައްޑޫ ސިޓީގައި 48 މަޝްރޫއެއް ކުރިއަށްދާ ކަމަށާއި، އޭގެތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ.