MTCC

ފުލެޓު ކުއްޔަށް ދީފިނަމަ ބައިލައްްކަ ރުފިޔާ އިން ޖޫރިމަނާކޮށް، ފުލެޓު އަތުލާނަން: ހަމްދާން

GALCI45aYAA7P0a

ފުލެޓު ކުއްޔަށް ދީފިނަމަ ބައިލައްްކަ ރުފިޔާ އިން ޖޫރިމަނާކޮށް، ފުލެޓު އަތުލާނަން: ހަމްދާން

SHARE

"ފަހި ދިރިއުޅުން" ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތައް ކުއްޔަށް ދީފިނަމަ،  50،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު، ފުލެޓު އަތުލާނެކަމުގެ އިންޒާރު އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް  ދެއްވައިފި އެވެ.

އެފްޑީސީން ދޫކުރި ފްލެޓުތައް ކުއްޔަށް ދޭން ޖަހާ މައްސަލަ ބޮޑުވެ އެފްޑީސީން މީގެ ކުރިން ވެސް ވަނީ އެހެން އެކަން ނުކުރެވޭނެ ކަން އަންގާ އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ، މި ފުލެޓުތަކަކީ ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވޭނެ ތަންތަން ނޫން ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގައިފިނަމަ،50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމާއެކު، ވެފައިވާ އެއްބަސްވުންވެސް އުވާލައި، ފުލެޓު އަތުލާނެކަމަށެވެ.ހަމްދާން ވިދާޅުވީ، ފުލެޓުތައް ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ، އެހެން ދިވެހީންގެ ހައްގަށް އަރައިގަތުން ކަމަށެވެ.

އެފްޑީސީއިން  ދޫކޮށްފައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓެއް މަހަކު 23،000 ރުފިޔާއަށް ކުއްޔަށް ދިނުމަށް ސޯޝަލްމީޑިއާގައި އިޝްތހާރު ކުރި މައްސަަލައެއް ފެންމަތިވެގެން އާންމުން ވެސް ދަނީ ކަންބޮނޑުވުން ފާޅުކުރަމުނެނެވެ.