ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތޚާބުގެ ހދ. އަތޮޅުގެ ކެމްޕެއިން ޖަގަހަ މާލޭގައި ހުޅުވައިފިއެވެ.
މި ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. މި ޖަގަހަ ހުޅުވާފައިވަނީ އިރުދޭމާ ހިނގުމުގައި ހުންނަ ހ.އޮއިސްޓަރ ގައެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ވެސް، ޕީއެންސީގެ އިސް ބޭފުޅުން އަދި ހދ. އަތޮޅުގެ ކެންޑިޑޭޓުން ބައިވެރިވެޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ވާހަކަފުޅު ދައްކަވާފަަ އެވެ. އެމަނިކުފާނު ވިދާޅުވީ ރަށްރަށަށް ތަރައްގީ ގެނެވެނީ ސަރުކާރަށް ތާއީދުކުރާ ކެނޑިޑޭޓުން ތިބެގެން ކަމަށެވެ. އަދި ހދ. އަތޮޅުގެ ރައްޔިތުން މިކަމަށް ވިސްނާ، ސަރުކާރުގެ ކެނޑިޑޭޓުން ހޮވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.