MTCC

ދުންފަތުގެ އިތުރު ބާވަތްތައް މަނާކުރުމަށް މަޝްވަރާކުރަނީ

images (14)

ދުންފަތުގެ އިތުރު ބާވަތްތައް މަނާކުރުމަށް މަޝްވަރާކުރަނީ

SHARE

ދުންފަތުގެ އިތުރު ބާވަތްތައް މަނާކޮށް ހަކުރުން ޓެކުސް ނަގާ ސަބްސިޑީ ކަނޑާލުމަށް މަޝްވަރާކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މިހާރު މަނާކޮށްފައިވާ ދުންފަތުގެ ބާވަތްތަކުގެ އިތުރުން ވެސް،ޝީޝާ ފަދަ ދުންފަތުގެ ބާވަތްތައް މަނާކުރެވޭނެ ކަމަށާއި އަދި ހަކުރު އެކުލެވޭ ހުރިހާ ބާވަތަކުންވެސް ޓެކްސް ނެގުމަށް އެ މިނިސްޓްރީއިން މަޝްވަރާކުރަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މިފަދަ ފިޔަވަޅެއް އެޅުން މުހިއްމު ކަމަށެވެ.

"އެ މަޝްވަރާތައް ހަމަ އަޅުގަނޑުމެން އެކި ލެވެލްގައި ކުރެވޭ އެނގޭތޯ. ކިހާ ހިސާބެއްގައިތޯ މުޅިން ތަންފީޒުވެގެންދާނީ އެއީ ކަންނޭނގޭ އުފެދޭނެ ސުވާލަކީ. އެންމެ މުހިންމު ދަނޑިވަޅުގައި، އެންމެ މުހިންމު ހާލަތުގައި، މުހިންމު ވަގުތުގައި އެކަން ކުރުން ވަރަށް މުހިންމު،"

ޕަބްލިކް ހެލްތު ވިސްނުމަކުން ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ދާނަމަ، ކުރިއަށް އޮތް ތަނުގައި ހަކުރުގެ މައްސަލައަށް ހައްލު ނާންނާނެ ކަމަށް ނުދެކޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.