MTCC

މިދިޔަ މަހު 6 ގައުމަކަށް 99 ޓަނަށް ވުރެ ގިނަ މުދާ!

images (13)

މިދިޔަ މަހު 6 ގައުމަކަށް 99 ޓަނަށް ވުރެ ގިނަ މުދާ!

SHARE

މިދިޔަ ފެބްރުއަރީ މަހު ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 99 އަށް ވުރެ ގިނަ ޓަނުގެ ކާގޯ ރާއްްޖެއިން 6 ގައުމަކަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ، 20 ޓީއީޔޫސްއެވެ. މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ ފޮނުވި އެއަރލައިންތަކަކަީ، ވަރޖިން އެޓްލާންޓިކް، އިއްތިހާދު އެއަރވޭސް، ލުފްތަންސާ ،ސްވިސް އެއަރލައިންސް، ޓާކިޝް އެއަރލައިންސް އަދި ގަތަރު އެއަރލައިންސްއެވެ. އަދި ސީ-ޓު-އެއަރ ކޯގާގެ ޚިދުމަތުގެ ދަށުން މިދިޔަ މަހު މުދާ ފޮނުވާފައިވަނީ އިޓަލީ، ފުރާންސް، ޑެންމާކު، ސްޕެއިން، އޮސްޓްރޭލިއާ އަދި ތުރުކީއެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. މި ޚިދުމަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހު 15 ވަނަ ދުވަހުގައެވެ. މީ ޚިދުމަތް ދެމުން ދަނީ އެމްޕީއެލް އަދި އެމްއޭސީއެލްއާ ގުޅިގެންނެވެ.

މި ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން ނެވެ.