MTCC

ސީރިޔާގެ ތިބި 60 ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ

IMG_3188

ސީރިޔާގެ ތިބި 60 ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ

SHARE

ހަނގުރާމައާ ގުޅިގެން ސީރިއާގައި ތިބި 60 ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކި ވާހަަކަފުޅުގައެވެ. މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ އަދި އެ ސަރަހައްދުތަކުގައި ތާށިވެފައި ތިބި މީހުން، އަނބުރާ ރާއްޖެ ގެނެސް، މުޖުތަމައަށް ނެރުމުގެ މަސައްކަތްތައް ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

ހަނގުރާމަ އަށް ދިއުމަށް ފަހު، ތުރުކީގައި ތާށިވެފައި ތިބި ދިވެހި އަންހެނަކާއި އޭނާގެ 14 އަހަރުގެ ދަރިފުޅު ރާއްޖެ ގެނެސް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ރާއްޖެއިން ތުރުކީއަށް ހިޖުރަކުރި 3 ރައްޔިތަކު ވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަނގުރާމައިގެ ދުވަސްވަރު ސީރިއާއަށް ދިޔަ ދިވެހިންނަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.