ގެދޮރުވެރިޔާ ސްކީމްގެ ދަށުން 16 ޕަސެންޓް އެއްބަސްވުންތަކުގައި ސޮއިކޮށްފި

cdcddcd

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 16 ޕަސެންޓް އެއްބަސްވުންތަކުގައި ސޮއިކޮށްފި

SHARE

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ހައުސިން ޔުނިޓުގެ 16 ޕަސެންޓް އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން ތަރައްޤީކުރި 4،000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަޝްރޫއުގެ ތެރެއިން 16%އަށް ވާ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މިހާތަނަށް މި މަޝްރޫއުގެ ދަށުން ޖުމްލަ 667 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކުރެވިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މައުލޫމާތު ދީފައިވެއެވެ. އެތަނުން 640 ފަރާތަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކުރެވިފައެވެ. މިއީ 4،000 ޔުނިޓުގެ ތެރެއިން 16%ވާ އަދަދެއް ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

މި މަޝްރޫއުއަކީ މާލޭ ސަރަހައްދުގައި ދިރިއުޅުމުގެ ދަތިކަން ކުރިމަތިވެފައިވާ ރައްޔިތުންނަށް ހިތްހަމަޖެހޭ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްފައިވާ ޔުނިޓުތަކެކެވެ. ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދީފައި ވާގޮތުގައި މި މަސައްކަތް ކުރިއަށް އޮތްތާނގައިވެސް އަވަސް މިނެއްގައި ކުރިއަށްދާނެއެވެ.