ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފައްޓަވައިދެއްވުން-- ފޮޓޯ / ރައީސް އޮފީސް

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި

SHARE

އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުމަށް ކުރާ ސްކޭނިންގ (މެމޮގްރަފީ)ގެ ޚިދުމަތް ބ.އަތޮޅު ހޮސްޕިޓަލުގައި ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ.އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިހިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސް ވަނީ މެމޮގްރަފީގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާ އުރަމަތީގެ ކެންސަރ ސްކްރީނިން ކޮޓަރި ބައްލަވާލައްވާފައެވެ.

ކެންސަރަށް ސްކްރީންކުރުމަށް މެމޮގްރަފީގެ ޚިދުމަތް ބ.އަތޮޅުގައި ފަށާފައިވާއިރު، ރާއްޖޭގެ ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުން މިހާރުވެސް މިޚިދުމަތް ލިބެއެވެ. އަދި މި ޚިދުމަތް ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އިތުރު ހޮސްޕިޓަލްތަކުން މި ޚިދުމަތް ދިނުމަށް ރޭވިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ފުރަތަމަ ފޭސްގައި މި ޚިދުމަތް ފެށުމަށް ރޭވިފައިވާ އަތޮޅުތަކުގެ ތެރޭގައި ބ. ހއ. ށ. ގއ އަދި ފުވައްމުލަށް ސިޓީ ހިމެނެއެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވަނީ، ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް ސޮއިކުރައްވާފައެވެ. 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެއްވި މި މަސައްކަތުގެ އަގަކީ 181.7 މިލިޔަން ރުފިޔާއެވެ.