ބ.ތުޅާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ބ. ތުޅާދޫ އެއާޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ.
3000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާއްމުކޮށް ކޮށްއުޅޭ މަސައްކަތްތަކަކީ ފަތުރުވެރިކަމާއި މަސްވެރިކަމެވެ. އެމްޓީސީސީ އިން ނެރުނު ޕްރެސް ރިލީޒް އެއްގައި ބުނެފައި ވަނީ
ތުޅާދޫގައި އެއާޕޯޓެއް ތަރައްޤީވެގެން ދިއުމަކީ އެރަށު ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއްކަމުގައެވެ.
އެމްޓީސީސީ އިން މިހެން ބުނެފައި ވަނީ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިއުމާއި ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ދިއުމާއި
އަދި އެކިއެކި ބޭނުންތަކުގައި ދަތުރުކުރުމުގެ ލުއިފަސޭހަކަން ލިބިގެން ދާނެތީވެއެވެ.
މިއީ 507.26 މިލިއަން ރުފިޔާއަށް 660 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާ ހަވާލުކޮށް ފައިވާ މަޝްރޫއެކެވެ. އަދި މި މަޝްރޫގެ ދަށުން 55.40 ހެކްޓަރުގެ ބިން ހިއްކުމާއ،ި 2804 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއ،ި 1677
މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.