ވީއައިއޭގެ އައު ޓާރމިނަލަށް އިތުރު 7 އެއަރލައިންގެ ޙިދުމަތް ދިނުމަށް މަސައްކަތް ފަށައިފި

Gx_eITYW8AAcSwk

ވީއައިއޭގެ އައު ޓާރމިނަލަށް އިތުރު 7 އެއަރލައިންގެ ޙިދުމަތް ދިނުމަށް މަސައްކަތް ފަށައިފި

SHARE

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕަސެންޖަރ ޓަރމިނަލަށް އިތުރު 7 އެއަރލައިނެއް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ފަށާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ، އެކުންފުނީގެ ސްޓޭކްހޯލްޑަރުންނާއި އެއަރލައިން ޕާޓްނަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި އިތުރު 7 އެއަރލައިނެއްގެ އޮޕަރޭޝަންތައް އައު ޓަރމިނަލަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ. މި ބައްދަލުވުމުގައި އެއަރލައިންތަކަށް އައު ޓަރމިނަލަށް ބަދަލުވުމުގެ ޕްރޮސެސްއާއި އޮޕަރޭޝަންތައް ފުރިހަމައަށް ގެންދެވޭނެ ގޮތުގެ މަޢުލޫމާތު ދީފައިވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

އައު ޓަރމިނަލަށް ބަދަލުކުރާނެ އެއަރލައިންތަކުގެ ތެރޭގައި ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، އެއާ އަރަބިއާ، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ހިމެނޭ ކަމަށް އެމްއޭސީއެލްއިން ހާމަކޮށްފައިވެއެވެ. މި އެއަރލައިންތައް މި މަހުގެ ތެރޭގައި ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.