MTCC

ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އެމްއޭސީއެލް އިން ފަށައިފި

110bcb45-1054-4449-bf4f-c467752cb20b

ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އެމްއޭސީއެލް އިން ފަށައިފި

SHARE

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއާޕޯޓުގެ ސަލާމަތީ ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، ފަންނީ މިންގަނޑުތައް މަތިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ރަސްމީކޮށް ފަށައިފި އެވެ.

ހުޅުމާލެ އައިލެންޑް ހޮޓެލްގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، އަދި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ފަސީހް އެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ ޖެނެރަލް މެނޭޖަރު ހަސަން އަޝީތުގެ އިތުރުން، އެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ހިންގާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ބެލުމުގެ ދަށުންނެވެ.

ޖުމްލަ ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުތަކުގައި އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސް (އީއެސްއެސް) ގެ 28 އޮފިސަރުން ބައިވެރިވެ އެވެ. މި ޕްރޮގްރާމްގައި ކިޔަވައިދޭނެ މުހިންމު ދާއިރާތަކުގެ ތެރޭގައި ލިމެނެނީ، ގާނޫނީ އޮނިގަނޑު، މަސައްކަތުގެ އަހުލާގު، ޕެޓްރޯލްކުރުމުގެ ހުނަރުތައް، ހެކި ހޯދައި ދެނެގަތުން، އަމިއްލަ ނަފްސުގެ ދިފާއު، ޖިސްމާނީ ދުޅަހެޔޮކަން އަދި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރުތަކެވެ.