MTCC

އެމްއޭސީއެލްގެ ބްލަޑް ޑޮނޭޝަން ކޭމްޕު ކާމިޔާބުކަމާއެކު ނިންމާލައިފި

14409c64-873e-44dc-97a1-ffe142fa35a7

އެމްއޭސީއެލްގެ ބްލަޑް ޑޮނޭޝަން ކޭމްޕު ކާމިޔާބުކަމާއެކު ނިންމާލައިފި

SHARE

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ކޭމްޕު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އާ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެމްއޭސީއެލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެ، ލޭ ހަދިޔާކޮށްފަ އެވެ. މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުހިންމު ހަރަކާތެކެވެ.

މި އަހަރުގެ ކޭމްޕު ކުރީ އަހަރުތަކާ ތަފާތުކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ދައުލަތުގެ އެކި މުއައްސަސާތަކާއި، އެހެނިހެން ކުންފުނިތަކުގެ އިތުރުން ރިސޯޓުތަކުގެ މުވައްޒަފުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ހަރަކާތް މިފަހަރު ފުޅާކުރި މައިގަނޑު ސަބަބަކީ، ލޭ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އެމްބީއެސްއިން އެހީތެރިކަމަށް އެދިފައިވުމާއި، އާންމުކޮށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގައި އެހީތެރިވުމެވެ.