MTCC

އާ ޓާމިނަލްގެ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ބޭނުންކުރަން ފަށައިފި

G-YNA5NagAA9cPH

އާ ޓާމިނަލްގެ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ބޭނުންކުރަން ފަށައިފި

SHARE

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި، ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ހަދާފައިވަނީ ޓާމިނަލްގެ ގޭޓް 4ގެ އެތެރެއިން ގާތްގަނޑަކަށް 600 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އަދި މިއީ، ރާއްޖޭގެ ރީތިކަން ފެނިގެންދާ ގޮތަށް ޑިޒައިންކޮށްފައިވާ ޓާމިނަލެއް ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

މީގެއިތުރުން، އެ ޓާމިނަލުގައި ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދޭ ހަތަ ރު އޮޕަރޭޓަރުންނަށް ޖުމުލަ 24 ކައުންޓަރު ހަދާފައިވެ އެވެ. މިތަނަކީ، ޓާމިނަލް 2ގެ ސީޕްލޭން ޗެކް-އިން ސަރަހައްދާ ހިލާފަށް މުޅިތަން އެއާ ކޮންޑިޝަން ކޮށްފައިވާ ޖާގައިގެ ގޮތުން ތަނަވަސް ޓާމިނަލެކެވެ. އަދި މި ސަރަހައްދު ވަނީ ފަސިންޖަރުންނަށް އިށީންދެލައިގެން ތިބެވޭ ގޮތަށް ހަދާ، މި ސަރަހައްދަށް ވެހިކަލް ކައިރިކުރުމަށް އިތުރު ސްލޮޓްތަކެއްވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުން، ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރު ބޭރުގައި 9 ފަސިންޖާ ބަސް ސްލޮޓް, ލަގޭޖް ވެހިކަލްތަކަށް 10 ސްލޮޓް އަދި ސްޓޭންޑްބައި ވެހިކަލްތަކަށް 11 ސްލޮޓް ވަނީ ކަނޑައަޅައިފައެވެ.