އެމްޓީސީސީން "ޔަންމާ ސްޕެއާ ޕްރޮމޯ 2025″ އިފްތިތާހުކޮށްފި

big_oPC5hoORzj9cMFo8Q0RiC44Qt

އެމްޓީސީސީން "ޔަންމާ ސްޕެއާ ޕްރޮމޯ 2025″ އިފްތިތާހުކޮށްފި

SHARE

އެމްޓީސީސީން "ޔަންމާ ސްޕެއާ ޕްރޮމޯ 2025″ މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ޔަންމާ ޝޯރޫމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަޑް) އަހުމަދު ސައުދީ އެވެ.

މިއަދުން ފެށިގެން ސެޕްޓެމްބަރު 5 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މައިގަނޑު މަޤްޞަދަކީ ޔަންމާ ސްޕެއާ ޕާޓްސް ކަސްޓަމަރުންނަށް ފަސޭހައިން ފޯރުކޮށްދީ، ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަ ޒަމާންވީ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ 15 ދުވަހަކުން ނަގާ ގުރުއަތުން ހޮވޭ 2 ފަރާތަކަށް ސުޒުކީ 9.9 ހޯސްޕަވަރުގެ އިންޖީނެއް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

އޮޑިވެރިންނާއި މަސްވެރިންނާއި އިންޖިނިއަރުންނާއި ފަތުރުވެރިކަމާއި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އިތުރު ގިނަ ހަރަކާތްތަކެއް ހިމެނެއެވެ. އެގޮތުން އުޅަނދުފަހަރުގެ އިންޖީނުގެ ސާވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއި، މެއިންޓެނެންސްއާ ގުޅޭގޮތުން އޮޑިވެރިން އިތުރަށް ހޭލުންތެރިކުރުމަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޑަސްޓްރިއަލް ސައިޓްތަކާއި އޮޑިހަރުގެތަކަށް ޒިޔާރަތްކުރުން ހިމެނެ އެވެ.

އެ ކުންފުނިން ބުނީ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.