އުރީދޫން ފުރަތަމަ ސަބްމެރިން ކޭބަލް އެޅި ރިސޯޓަކަށް އިތާފުށި

422372_3_6e71b4b6dcbb7578e057ba841703becde381ff9b_large

އުރީދޫން ފުރަތަމަ ސަބްމެރިން ކޭބަލް އެޅި ރިސޯޓަކަށް އިތާފުށި

SHARE

ދިވެހިރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް ލޭންޑިންގއެއް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި ތާރީޚީ ރަސްމިއްޔާތުޝަރަފުވެރިކޮއްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް އެވެ.

މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވެފައިވަނީ، 2005 ވަނަ އަހަރުން ފެށިގެން އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ދަތުރުގައި އެއްވެސް ފަރާތެއް ބާކީނުކުރުމަށްޓަކައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން ކުރާ ކޮންމެ ކުރިއެރުމެއްގައި ވެސް ވަނީ ފަންނީ ވަޞީލަތްތައް ހުރިހާ އެންމެނަށް ފޯރުކޮށްދިނުމާއި ހިމެނުންތެރިކަމަށް އިސްކަންދީފައެވެ. އަދި މި ސަބްމެރިން ކޭބަލް ލޭންޑިންގއަކީ އުރީދޫއިން ހާސިލްކުރި އަނެއް ފަޚުރުވެރި މަންޒިލެއް ކަމަށާއި، ޚާއްސަކޮށް ޓޫރިސްޓް ރިޒޯޓެއްގައި މިފަދަ ކޭބަލެއް ލޭންޑްކުރެވުނު ފުރަތަމަ ފަހަރު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖެއަކީ ފުރިހަމައަށް ގުޅިފައިވާ، މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ވެގެން ދިޔުމަށް އިތުރަށް ގާތްވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އުރީދޫ މޯލްޑިވްސް އިން ހާސިލުކުރި ބޮޑު ކާމިޔާބީއެކެވެ. މި ސަބްމެރިން ކޭބަލް ލޭންޑިންގެ ސަބަބުން ދިވެހިރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޑިޖިޓަލް ކޮމިއުނިކޭޝަންގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.