ބިދޭސީންގެ ނަމުގައި އުޅަނދު ރެޖިސްޓްރީ ކުރުން މެދުކަނޑާލައިފި

large_151515857355KrqY

ބިދޭސީންގެ ނަމުގައި އުޅަނދު ރެޖިސްޓްރީ ކުރުން މެދުކަނޑާލައިފި

SHARE

ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓްރީ ކުރުމުގެ ހިދުމަތް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ހިދުމަތަށް އައި މިބަދަލާ ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރާސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގާވާއިދަށް ބަދަލުތައް ގެނެސް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންވެ، ބިދޭސީންގެ ނަމުގައި އުޅަނދު ރެޖިސްޓްރީކުރުން މެދުކަނޑާލައިފި އެވެ.

ސަރުކާރުން އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ގާނޫނުގައި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެ އެވެ. ބިދޭސީންނަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި، ބައިނަލްއަގުވާމީ ޓްރެފިކް މުއާހަދާގައި ބައިވެރިވާ ގައުމުތަކުގެ ސައްހަ ލައިސަންސް ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތްތައްވެސް މި ގާނޫނުގައި ހިމެނެ އެވެ.

މީގެ އިތުރުން ލައިސަންސް ހިފެހެއްޓޭނެ ހާލަތްތައްވެސް ވަނީ ބަޔާންކޮށްފަ އެވެ. މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވުމަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. މިފަދަ ގޮތަކަށް ދުއްވައިގެން ހިނގާ އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެނަމަ 20 އަހަރުގެ ޖަލު ހުކުމެއް، އަނިޔާއެއް ވެއްޖެނަމަ 10-15 އަހަރުގެ ޖަލު ޙުކުމެއް އަދި އެއްވެސް އަނިޔާއެއް ވެއްޖެނަމަ 5-10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ޖަލު ހުކުމާއެކު ލައިސަންސް ބާތިލުވާނެ ކަމަށާއި، އަލުން ލައިސަންސް ދޫކުރެވޭނީ ހުކުމް ތަންފީޒު ކުރުމަށްފަހު ވުޒާރާއިން ހިންގާ ހާއްސަ ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ދަތުރުފަތުރާއި ބެހޭ ގަވާއިދުތައް އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ގާނޫނު ތަސްދީގުކޮ އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދައި ނިންމަންވާނެ އެވެ.