ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ފަސް މެންބަރުން އައްޔަނުކޮށްފި

img_md_202508151114211755238461.7264

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ފަސް މެންބަރުން އައްޔަނުކޮށްފި

SHARE

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް، ފަސް ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސް އައްޔަންކުރެއްވި ފަސް ބޭފުޅުންނަކީ:

  1. ސ. ހިތަދޫ މާވަހި، ހަސަން ނާސިހް އަހުމަދު
  2. ށ. ކޮމަންޑޫ ޗަމަން، އަލްއުސްތާޒާ އުސާމާ މޫސާ
  3. ހމ.ފްލެޓްނަންބަރު 02-2-88 އަލްއުސްތާޒާ އާއިޝަތު އިޝާ،
  4. ގއ.ނިލަންދޫ ގަސްދޮށުގެ، ޝިފްޒާ އަބްދުލްގައްޔޫމް
  5. ގދ.ގައްދޫ ބީޗްކޯނަރު، އަހުމަދު ޔާމީންއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ މުއްދަތު މި މަހުގެ 29 ގައި ހަމަވުމާއި ގުޅިގެން، މެންބަރުކަމަށް، މި ފަސް ބޭފުޅުން މިވަނީ އިއްޔެ އައްޔަންކުރައްވާފައިވެ އެވެ. މި މަގާމުތަކަށް ޖުމްލަ 14 ބޭފުޅުން ކުރިމަތިލާފައިވެއެވެ. މަގާމުތަކަށް ކުރިމަތިލާން ހުށަހެޅި މުއްދަތުގައި ކުރިމަތިލި ބޭފުޅުންގެ ނަންތައް މަޖިލީހަށް ރައީސް ވަނީ ހުށަހަޅުއްވާފަ އެވެ.