ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލުވެސް ނެރެފަ އެވެ.
މި ސަމާލުގައި ވާގޮތުން އެ ހިސާބަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދާވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ރާއްޖެއަށް މިިހާރުކުރަމުންދާ ވިއްސާރައަކީ ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ސިސްޓަމެއްގެ ސަބަބުން ލޯ ޕްރެޝާ އިތުރަށް ބާރު ގަދަވެ ކޮޅިގަނޑަކަށް ބަދަލުވުމުން ކުރަމުންދާ ވިއްސާރަ އެކެވެ.
މެޓް އޮފީހުން ލަފާކުރާގޮތުގައި ދެން މޫސުން އަލިވާން ފަށާނީ އަންނަ މަހުން ފެށިގެން ނެވެ.