އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑާލަނީ

l_2023_11_17_052629_fwoty4hme2jk5axrg168qz7nc39vbsudipl_EN_

އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑާލަނީ

SHARE

އޮފީސް ހިންގުމަށް ކުރީގެ ރައީސުންނަށް ދައުލަތުން ދޭ ފައިސާ އުނިކުރަން މިއަދު ހުށަހަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.

މި ބިލުގައި ހުށަހަޅާފައިވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށެވެ. އޮގޮތުން ކުރީގެ ރައީސުން އޮފީސް ހިންގުމަށް ކޮންމެ މަހަކު ދޭ 175،000 ރުފިޔާ އުނިކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި، ކުރީގެ ރައީސަކު ދައުލަތުގެ އެ ނޫންވެސް މަގާމަކަށް އައްޔަން ކުރެވިއްޖެނަމަ އެ މަގާމެއްގެ މުއްދަތުގައި ވެސް އިނާޔަތް އުނިކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

މި ބަދަލާއެކު، އަންނަ އަހަރު 10،500،000 ރުފިޔާ ހަރަދުކުޑަކުރެވޭނެ ކަމަށް ބިލުގައި ލަފާކޮށްފައިވެ އެވެ.

ކުރީގެ ރައީސުންގެ ބައެއް އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 25،000 ރުފިޔާ ދިނުމަށް ވެސް މި ބިލުގައި ވަނީ ހުށަހަޅާފަ އެވެ. އަދި ރާއްޖެއިންނަށް ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައ ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމް ދައުލަތުން ހަމަޖެއްސުމަށް ހުށަހަޅާފައިވެ އެވެ. .

ނައިބުންނަށް ދޭ އިނާޔަތް ހިމެނުމުން އަންނަ އަހަރު އެކަމަށް 300،000 ރުފިޔާ އަދި ނައިބުންނަށް ދޭ ބޭސްފަރުވާގެ ޚަރަދަށް 700،000 ރުފިޔާ ޚަރަދުވާނެ ކަމަށް ބިލުގައި ލަފާކޮށްފައިވެ އެވެ.