މި ދައުރުގައި ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތަށް މިއަހަރު 85 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ރަސްމީކޮށް އެއާ އެމްބިއުލާންސްގައި ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ފުރަތަމަ ދުވަހުގަ އެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި ދައުރުގެ މިހާތަނަށް އެއާ އެމްބިއުލާންސްގެ ހިދުމަތަށް 114.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެގޮތުން، މިދިޔަ އަހަރު މި ހިދުމަތަށް 29 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެންސްފާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިއަހަރު އެކަނިވެސް މި ހިދުމަތަށް 85 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
މީގެއިތުރުން، އެގޮތުން، ބޯންމެރޯ ހެދުމަށް މި އަހަރު ވަނީ 10 ފަރާތަކަށް އެހީ ފޯރުކޮށްދީފަ އެވެ. ދިން އެހީގެ އަދަދު ޖުމްލަ 1.5 މިލިއަން ރުފިޔާ އަރަ އެވެ. މިއީ ވެސް މި ސަރުކާރުން އަލަށް ފެށި ޚިދުމަތެކެވެ.
މިދިޔަ އަހަރު އަހަރު ބޯންމެރޯ ހެދުމަށް 9 ފަރާތަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ. އަދި އެކަމަށް 7.3 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި، ބޭސްފަރުވާ ކުރުމަށް ދަތިވާ ދަތިތަކަށް ވެސް ހަރަދު ކުރި އެވެ.