ރައުދު އާއެކު އިއުތިރާފު އެއްބަސްވުމެއް ހަދަން ޕީޖީން ދެކޮޅު

big_yeowPaRqnbBEcGBR0AFyZELre

ރައުދު އާއެކު އިއުތިރާފު އެއްބަސްވުމެއް ހަދަން ޕީޖީން ދެކޮޅު

SHARE

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ނުހަދަން ނިންމާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެެވެ.

ރައުދުގެ މައްޗަށް ދަޢުވާ ކުރީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ އެވެ. އެ ދައުވާއަށް އޭނަ ވަނީ އިއުތިރާފް ވެފައެވެ.

ރައުދު ވަނީ ބުދަ ދުވަހު އޮތް މައްސަލައިގެ އަޑުއެހުމުގައި އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފުވެފަ އެވެ. އެހެންކަމުން، މައްސަލަ ދެން ކުރިއަށް ގެންދާނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ. އަވަސްނިޔާގެ އަޑުއެހުން މިމަހު 26 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ، ރައުދުގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލާގައި އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާފައިވިޔަސް އެފަދަ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައިވާކަމަށެވެ.

ރައުދުއަށް ތުހުމަތުކުރާ މައްސަލައިގައި އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލީ މެއި 27 ވަނަ ދުވަހެވެ. އެދުވަހު ރައުދު ދޫކޮށްލީ، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އިރުޝާދުދީފައިވާތީ އެވެ.