މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބަލާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ޒިޔާރާތްކުރައްވައިފި އެވެ.
ވިޔަފާރި ބަނދަރަށް މިއަދު ކުރެއްވި ޒިޔާރާތުގައި ނާޒިމް ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ. ނާޒިމާއެކު މަޝްހޫރު ވިޔަފާރިވެރިޔާ އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ވަނީ ޕޯޓަށް ޒިޔާރާތްކުރައްވައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
ކުންފުނީގެ މަސައްކަތްތަކާ ގުޅޭގޮތުން، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓުން ވަނީ އެ ބޭފުޅުންނަށް މައުލޫމާތު ދެއްވާފަ އެވެ.