ށ. ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ، ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. މީގެ ކުރިން މޯލްޑިވިއަނުން ފުނަދޫ އެއާޕޯޓަށް ދަތުރުކުރަމުން ދިޔައީ ހަފްތާއަކު 3 ފަހަރެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަސްތަކުގަ އެވެ.
ފުނަދޫ އެއާޕޯޓުގެ ހިދުމަތް ދޭން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީކޮށްފައިވާ މި އެއާޕޯޓްގައި 1200 މީޓަރުގެ ދިގުމިނުގެ 30 މީޓަރުގެ ފުޅާމިން ހުންނަ ރަންވޭއެއް އޮވެ އެވެ.