މުޖުތަމައުގެ ލާބައާއި މަންފާއާއި ގައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ދޭ "ރެހެންދި އެވޯޑް" 15 ފަރާތެއް ހާސިލްކޮށްފި އެވެ.
ރެހެންދި އެވޯޑް ދިނުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ، ފަސްޓްލޭޑީ، ސާޖިދާ މުހައްމަދު އެވެ. އަދި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމާއި ދާއިރާގެ އިސް ފަރާތްތަކުން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެވެ. މިއަހަރުގެ އެވޯޑް ހަފްލާގައި ވަނީ 2024 އަދި 2025ވަނަ އަހަރުގެ ރެހެންދި އެވޯޑް ދީފަ އެވެ.
ރެހެންދި އެވޯޑް 2024އަށް 22 އަންހެނުން ކުރިމަތިލިއިރު، މި އެވޯޑް 5 މީހަކަށް ލިބިފަވެ އެވެ. އަދި 2025 ވަނަ އަހަރު، 28 އަންހެނުން އެވޯޑަށް ކުރިމަތިލިއިރު، 10 ފަރާތެއް އެވޯޑަށް ހޮވިފަވެ އެވެ.
2025 ވަނަ އަހަރުގެ ރެހެންދި އެވޯޑު ލިބިފައިވަނީ:
- އާއިޝަތު ހުސައިން – އިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ޘުރައްޔާ އިބްރާޙިމް – އިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އާމިނަތު އާދަމް ކޮއި – އިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އާމިނަތު ރީމާ ރަޝީދު – ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
- ޑރ. ރުޚްޝާނާ އަޙްމަދު – އިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ސަމީނާ އިބްރާޙީމް – އިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ސަފާތު އަޙްމަދު ޒާހިރު – އިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އައިޝަތު ވަހީދާ – އިގްތިސާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ
- އާމިނަތު ސޫޒަން – ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
- ޒަހިއްޔާ މުޙައްމަދު – އާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ
2024 ވަނަ އަހަރުގެ ރެހެންދި އެވޯޑު ލިބިފައިވަނީ:
- އަލްއުސްތާޛާ މަރްޔަމް އިނާޝާ – އިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- މަރްޔަމް މުރުޝިދާ – އިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އަސްމާ ޙަސަން – އިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ޢާއިޝަތު ޠާއިފާ – އިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ވިމެން އެންހޭންސްމަންޓް (އެންޖީއޯ) – އިޖުތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
ރެހެންދި އެވޯޑަކީ، ގައުމީ ހިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކޮށް، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި، އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ދެއްވާ ހާއްސަ އެވޯޑެކެވެ.